ށ. މަރޮށި ފަޅުތެރޭގައި ގިނަ އަދަދެއްގެ މުށިމަސް މަރުވެ ލޮނުގަނޑު ތަޣައްޔަރުވެއްޖެ.

މިލައުތުރު | 19 ނޮވެމްބަރ 2025 | ޚަބަރު

ށ. މަރޮށީ ފަޅުތެރޭގައި ގިނަ އަދަދަކަށް މުށިމަސް މަރުވެ ކުނިވުމުގެ ސަބަބުން ލޮނުގަނޑު ތަޣައްޔަރުވެއްޖެ އެވެ.

ބެލެވޭގޮތުގައި މިއީ ފިނިހޫނުމިނަށް އަންނަ ބަދަލަކާ ގުޅިގެން ދިމާވާ މައްސަލައެކެވެ. މަންޒަރުތަކުން ފެންނަ ގޮތުގައި އެތައް ހާސް މުށިމަހެއް ވަނީ މަރުވެގެން އުފުލިފައެވެ.

Advertisement
Advertisement

މިކަމުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި މަރުވެފައިވާ މަސްތައް ނަގާ ނައްތާލުމުގެ މަސައްކަތް ބައެއް އާންމު ފަރުދުކުރަމުން ގެންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.