
ށ. ފޯކައިދޫ އިން ކީރިތި ޤުރުއާން ހިތުދަސްކޮށް ޙާފިޡްކަން ޙާޞިލްކުރި ފުރަތަމަ ފަރާތަކަށް އުމުރުން 23 އަހަރުގެ ފާއިން ފަރުހާދު، ރަނައުރާމާގެ ވެއްޖެއެވެ.
އަލް ޙާފިޡް ފާއިން ފަރުހާދު (ރަނައުރާމާގެ، ށ. ފޯކައިދޫ) ހޯއްދެވި މި މަތިވެރި ކާމިޔާބީއާ ގުޅިގެން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ އެ އާއިލާ އާއި ބައްދަލުކުރައްވާ ހިއްވަރު ދެއްވާފައެވެ.
މިއީ ށ. ފޯކައިދޫއަށް ލިބިގެންދިޔަ ވަރަށް ވެސް އުފާވެރި އަދި ޝަރަފުވެރި ނަމެކެވެ. އަލް ޙާފިޡް ފާއިން ފަރުހާދު ތިޔަ ހޯއްދެވި މަތިވެރި ކާމިޔާބީއަށްޓަކައި މިލައުތުރުގެ މެނޭޖްމަންޓާއި އެންމެހާ މުވައްޒަފުންގެ ނަމުގައި މަރުޙަބާއާއި ތަހުނިޔާ ދަންނަވަމެވެ. އަދި ފާއިންގެ މައިންބަފައިންނަށާއި އާއިލާއަށް ނުހަނު އިޚްލާޞްތެރި ތަހުނިޔާ ދަންނަވަމެވެ.
ކިޔުންތެރިންގެ ހިޔާލު