ހައްޖާއި އުމްރާގެ ހިދުމަތް ދިނުމާ ބެހޭ ހާއްސަ ގާނޫނެއް އެކަލަވާލަނީ

ޝާން މުޙައްމަދު | 22 އޭޕްރީލް 2026 | ޚަބަރު

ހައްޖާއި އުމްރާގެ ހިދުމަތް ދިނުމާ ބެހޭ ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ޝަހީމު ވިދާޅުވީ ހައްޖާއި އުމްރާގެ ކަންކަމާ ގުޅޭގޮތުން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެ ގާނޫނުގައި ހައްޖު ކޯޕަރޭޝަނުގެ ދައުރާއި، އަމިއްލަ ކުންފުނިތަކުގެ ދައުރާއި، ހައްޖާއި އުމްރާގެ ކަންކަމަށް އިހުމާލުވާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ފިޔަވަޅު އެޅޭނެ ގޮތްތައް ވެސް ބަޔާންކު ރާނެ ކަމަށެވެ.

ޝަހީމް ވިދާޅުވީ ހައްޖާއި އުމްރާ އަށް މީހުން ގެންދިއުމުގައި ފެންމަތިވާ މައްސަލަތަކަށް އަދުލުވެރި ހައްލެއް ގެނެވޭނީ އެކަމަށް ހާއްސަ ގާނޫނެއް އެކުލަވާލެވިގެން ކަމަށެވެ.

“މިއީ ފައިސާ އާއި ރައްޔިތުންގެ މަސްލަހަތާއި ހައްގުތަކާއި ގުޅޭ ކަމެއް. ގާނޫނެއް އޮންނަން ޖެހޭ. މިކަން ހުއްޓޭނީ ގާނޫނެއް އޮވެގެން، ޝަހީމު ވިދާޅުވި އެވެ. ” މާދުރު ނޫން މުސްތަގުބަލެއްގައި މި މަސައްކަތް ކުރުމަށް މަސައްކަތް ކުރާނަން. މެންބަރުންގެ ތާޢީދާއެކު މިކަމަށް އަދުލުވެރި ހައްލެއް ގެނެސް ދެވޭނީ.”

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.