ފުޓްސަލް ކިންގެއްގެ ގޮތުގައި ރައީސް އެނބުރި މާލެއަށް

މިލައުތުރު | 25 ޖެނުއަރީ 2025 | ޚަބަރު
1

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުޓުސަލް ކިންގެއްގެ ގޮތުގައި ރ.އަތޮޅުން މިއަދު މާލެ އެނބުރި ވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި ރ.އަތޮޅުގެ 11 ރަށަކަށް ޒިޔާރަތްކުރައްވައި، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދެއެވެ.

ރައީސްގެ މިދަތުރުފުޅުގައި އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ، ރައީސްގެ ފުޓުބޯޅަ ކުޅުއްވުމުގެ ހުނަރެވެ. ރ.އިންނަމާދޫ ޒުވާންނާއެކު ރައީސް ބޭއްވި ފުޓުސަލް މެޗެއްގައި ރައީސްވަނީ އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކައި އެންމެން ހައިރާން ކޮށްލާފައެވެ. ގިނަ ލަނޑުތަކެއް ޖެހިތަންވެސް ފެނުނެވެ. ފުޓުބޯޅައަށް ލޯބިކުރާ ގިނަ ފަރާތްތަކުން ރައީސް ޑރ.މުޢިއްޒު ސިފަކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ރައީސެއްގެ ގޮތުން މިހާތަނަށް ފެނުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައަވެ. އަދި އެމަނިކުފާނަށް ފުޓުސަލް ކިންގުގެ ލަގަބުވެސް ވަނީ ދީފައެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވާގޮތުން، ރައީސްގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިތުރަށް މައުލޫމާތު ދެއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ސ ސައީދު
ވޯލްޑުކަޕުގައިކުޅެންމުއީޒުއައްދައުވަތުނުލިބޭތަ ބަލަގައަހަރުމެންލައިވްކޮއްތިޔަމެޗުބެލީމޭ ތިވަރައްއޮލަނުލިޔަސް ވެދާނެ