ކޮޅު ކޮޅަށް ބަދަލުވި ސިޔާސީންގެ ތެރެއިން ކުރިމަގެއް ހޯދީ ރާޑޯ، ދަށްކޮށްލުމީ ނާދިރުކަމެއް!

މިލައުތުރު | 17 އޭޕްރީލް 2025 | ސިޔާސީ
3

ފާޑުކިއުންތަކާ މަލާމާތްތައް އެންމެ ގިނައިން ރައްދުވާ ސިޔާސީ އެއް ބޭފުޅަކީ ކޮމަންޑޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރާޝިދު (ރާޑޯ) އޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. އެހެން ނަމަވެސް ސިޔާސީ މަސައްކަތުގެ ތެރެއިން މިހާތަނަށް ކުރިމަގު ހޯދުނު ފަރާތެއް ވެސް ށ. އަތޮޅުގައި އެނޫނީ ނެތެވެ.

މިއަދު ސިޔާސީ މަޤާމެއް ނެތަސް، ޕާޓީއެއްގައި އިސް ދައުރެއް ނެތަސް، އޭނާ އެހުރީ ގުޑު ގުޑު ނާޅާ ވަރަށް ފުރިފައެވެ. ސިޔާސީ ގޮތުންނާއި ޒާތީ ގޮތް ގޮތުން ވިއްދާލި މީހުން ތިބީ އަމިއްލައަށް ކޮފީ ގިރަން ކެޔޮވަލުގައި ކުޑަ ޖަހައިގެންނެވެ. އަދި އެފަދަ ފަރާތްތަކަށް ވީކަމެއް ހަރާމުން ހަރާމެވެ. މިއަދުގެ ޙަޤީޤަތަކީ މުދާކޮޅެއް ގެންދާން ވެސް، ސްޕޮންސާގެ ގޮތުގައި ފައިސާ ފޮއްޗެއް ހޯދާން ވެސް، ބޮޑު ކެމްޕެއިނެއްގައި ގިނަ ބަޔަކު ރަށަކަށް ދާންޖެހުމުން ވެސް ދާން ހުރީ ހަމަ އެއްކަލަ ރާޑޯއެވެ.

Advertisement

އެމްޕީ ރާޑޯ އަކީ ފޯކައިދޫގެ ތާރީޚުގައި ކާމިޔާބު ސިޔާސީ ލީޑަރެއްގެ ގޮތުގައި ނަން ލިޔެވިގެންދާނެ މީހެއް ކަން ޔަޤީނެވެ. ފޯކައިދޫ ކައުންސިލުން ފެށި ސިޔާސީ ކެރިއާ ނިންމާލާފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ ރަންގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހުގައެވެ. އަދި އެ ގޮނޑިކޮޅުގެ އަގު ބާޒާރުގައި އުފުލިގެންދިޔަ އެންމެ ރަނގަޅު ވަގުތުގައި ވިއްކާލައި، 13 މިލިޔަން ރުފިޔާގެ އަގުހުރި ބޯޓެއް ވުޖޫދުކުރުމަށް ފަހުގައެވެ. މިހާރު ރާޑޯ ހުރީ އިހުނަށް ވުރެ ބޮޑަށް ބިމުގައި ހަރުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަޙްމަދު
ވަރަށް ނާކާމިޔާބު މީހެއް ރިޝްވަތުން ހޯދާ މުދަލަކީ ނަރަކައިގެ އަލިފާން
R Radobe
!Bro ves valhu laane, chill
މ މހއމދ
ލިބޭ އާމްދަނީ އާއި ނުބައްދަލު ހަރަދުތަކާއި މުދާ ހުރުމަކީ ކާމިޔާބު ކަމެން ޖޫން މުދާ ހޯދި ގޮތާއި މެދު ސުވާލު ވެވޭނެ ދުވަހެއް އޮތް ކަން ހަނދާން ކުރުން މުހިންމެވެ