އައްޑޫސިޓީ ކައުންސިލް ބައިބައި ކުރުމާ ޕީއެންސީ ކައުންސިލަރު ވެސް ދެކޮޅު

ޝާން މުޙައްމަދު | 8 އޮކްޓޯބަރ 2025 | ޚަބަރު

މި ސަރުކާރުން އައްޑޫސިޓީ ބައިބައި ކުރުމުގެ ރޭވުމުގެ ޖަރީމާއާއި ފޭދޫ މާދަލެ ދާއިރާގެ ޕީއެންސީ ކައުންސިލަރު މުހައްމަދު ފައިސަލް ދެކޮޅުހައްދަވައިފިއެވެ.

އައްޑޫ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަމުން ކައުންސިލަރު މުހައްމަދު ފައިސަލް ވިދާޅުވީ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ވަކި ކައުންސިލެއްގެ ގޮތުގައި އޮތުމުން ފޭދޫއަށް ލިބޭ ގެއްލުން މާބޮޑުވާނެ ކަމަށެވެ.

Advertisement
Advertisement

ފައިސަލް އަށް ތާއީދުކޮށް މީސް މީޑިގައި އާންމުންގެ ދަނީ ޝުއޫރުތައް ފާޅުކުރަމުންނެވެ. ގިނަ ފަރާތްތަކުން ބުނާ ގޮތުގައި އައްޑޫ ބައިބައި ކުރުމަށް ސަރުކާރުން ހިންގާ މަސައްކަތަކީ މި ސިޓީ ތަރައްގީ ކުރުމަށް ހުރަސްއެޅުމަށް ކުރާ ކަމެއް ކަމަށެވެ.

އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ ނިންމާފަ އެވެ. އަދި އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް މި ވޯޓުގައި ހިމެނުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވެ އެވެ.

ހޫނު ބަހުސަކަށް މި މައްސަލަ ގޮސްފައިވާއިރު މިކަން ވަކިގޮތަކަށް ނިންމުމަށް ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.