“އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް” ގައި 5 ޓީމު ވާދަކުރަނީ

ޝާން މުޙައްމަދު | 19 ނޮވެމްބަރ 2025 | ޚަބަރު

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި އަހަރުގެ “އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް” ގައި ޖުމްލަ 5 ޓީމު ވާދަކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ މެދުގައި މިހާރު ވަނީ ގުރު ވެސް ލައިފަ އެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ފްރެންޑްސް ކުލަބް، މައިލޯ ސިޓީ ސްޕޯޓްސް ކުލަބް، ފާހި ސްޕޯޓްސް، ކްލަބް ލޮތާރި އަދި މަރަދޫ އެފްސީ އެވެ.

Advertisement
Advertisement

މި މަހުގެ 22 ވަނަ ދުވަހު ފަށާ މުބާރާތުގެ މެޗުތައް ކުޅޭނީ ހިތަދޫގައި އޮންނަ އައްޑޫ ޒޯން ސްޓޭޑިއަމްގަ އެވެ.

އައްްޑޫގައި މި ބާއްވާ “އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2025” މައި ސްޕޮންސަރަކީ ހެޕީ މާކެޓެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާ އެކު، ވާދަވެރި މާޙައުލެއްގައި ކުޅުމުގެ ފުރުޞަތު ޒުވާނުންނަށް ހޯދައި ދިނުން ކަމަށް ކައުންސިލުން ބުނެ އެވެ.

ދެހާސް ނަވާރާ އިން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނަކީ ހިތަދޫ މައިލޯ ސިޓީ ސްޕޯޓްސް ކުލަބެވެ.
އެ މުބާރާތުގެ މައި ސްޕޮންސަރަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.