ށ. ފޯކައިދޫ ފެނަކައިގާ މަސައްކަތްކުރާ މުވައްޒަފަކު މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރު ކޮށްފިއެވެ. މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ށ. ފޯކައިދޫ، ގުލްޒާރުގޭ އަލީ ޒަރީރު (36 އަހަރު) އެވެ.
ފުލުސް އޮފީހުން މަޢުލޫމާތު ދިންގޮތުގައި އޭނާ ހައްޔަރުކުރީ ފޯކައިދޫގައި ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް ޝައްކުކުރެވޭ ފަދަ ގޮތަކަށް އަމަލުތައް ހުރުމުން ބަލާ ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބާވަތެއް އަޅާފައިހުރި އެއް ޕެކެޓު ފެނުމުންނެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ގެންދަވަނީ ތަހުޤީޤު ކުރަމުން ކަމަށް ފުލުސް އޮފީހުން މަޢުލޫމާތު ދެއެވެ.
އަލީ ޒަރީރަކީ މި ސަރުކާރުން ދާދި ފަހަކުން ވަޒީފާ ހަމަޖައްސައިދީފައިވާ މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
އިތުރު ތަފްސީލް އަންނަނީ….


ކިޔުންތެރިންގެ ހިޔާލު