ށ. މާއުނގޫދޫން ބަލައިގަތީ ކުރީ ސަރުކާރުގެ ތަރައްްޤީ، ޝުކުރު އަދާކުރީ ކުރީގެ އެމްޕީއަށް

މިލައުތުރު | 5 އޭޕްރީލް 2026 | ސިޔާސީ

ހޮނިހިރު ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ށ. މާއުނގޫދޫގެ ރައްޔިތުން ތާއީދު ދިނީ ކުރީ ސަރުކާރުގެ ތަރައްޤީއަށް ކަމަށް އެމީހުން ބުނެފިއެވެ. އަދި ޝުކުރު އަދާކުރީ ވެސް ކުރީގެ އެމްޕީއަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި މާއުނގޫދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބުކުރީ އެމްޑީޕީއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން ގޮނޑީގެތެރެއިން ދެ ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.

ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުގައި މާއުނގޫދޫއަށް ވަނީ ތަރައްޤީގެ ގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބިފައެވެ. އެ ރަށުން ވާހަކަދެއްކި ބައެއް ރައްޔިތުން ބުނިގޮތުގައި އެމްޑީޕީން ގެނެސްދިން ތަރައްޤީ ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަނެއެވެ.

ކުރީ ސަރުކާރުގެ ދުވަސްވަރުގައި ރައްޔިތުންގެ މަޖިލީހުގައި މާއުނގޫދޫ ތަމްސީލުކުރެއްވީ އެމްޕީ މުޙައްމަދު ޝާހިދު އެވެ. އެހެންކަމުން މިއަދު އެމީހުން ޝުކުރު އަދާކުރަނީ ވެސް އެމްޕީ ޝާޑަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.