ސާޅީސް އެތައް އަހަރެއް ވަންދެން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ބޭއްވުމުގެ އިތުރުން އެތައް ބިލިޔަން ޑޮލަރެއްގެ އަގު ކުރި ހަރުމުދަލާއި، ފައިސާ ވަނީ އެމެރިކާއިން ހިފަހައްޓާފައެވެ. މި މުއްސަނދިކަން ފޭރިގަތުމަށް އެމެރިކާއިން ވިސްނާ އެކަމާ ގުޅޭ މަޝްވަރާތައް ކުރަން ފަށައިިފި އެވެ.
އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގާ ހީވެސް ނުކުރާ ވަރުގެ ބޮޑެތި ގެއްލުންތަކެއް އެމެރިކާއަށް ވަނީ ލިބިފައެވެ. އަދި މި ގެއްލުންތަކުގެ ޖުމްލަ އަދަދު އެތައް ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އެހެންކަމުން އެމެރިކާއިން މިހާރު ބޭނުންވަނީ ގަލްފު އަލުން އާރާސްތުކުރުމުގެ ނަމުގައި އެމެރިކާއިން ހިފަހައްޓާފައިހުރި އީރާންގެ އެސެެޓުތައް ފޭރިގަތުމަށެވެ. އެކަން ކުރެވިއްޖެނަމަ އެމެރިކާއަށް ހަނގުރާމައިގާ ލިބުނު މާލީ ގެއްލުންތައް ފޫބެއްދޭނެ އެވެ.
ޚުދު އެމެރިކާ ވެސް އަދި މުޅި ދުނިޔެއިން ވެސް ޤަބޫލުކުރާ ގޮތުގައި އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އެމެރިކާއަށް ކާމިޔާބު ވުމަކީ ވަރަށް އުނގަދޫ ކަމެކެވެ. އަދި ވިޔަސް އެތަކެއް އަހަރު ދުވަސް ނަގާނެ އެވެ. އެހެން ކަމުން ދުނިޔޭގެ އިޤްތިޞާދު ފުނޑުފުނޑު ވާނެ އެވެ. ހަނގުރާމަ ހުއްޓާލާ ސުލްހަ ޤާއިމުކުރުމަށް ވުރެ މޮޅު ގޮތެއް އެއްވެސް ފަރާތަކަށް ނެތެވެ. އެހެނަސް އެމެރިކާއަށް އެމީހުންގެ ޓާމްސްގައި އީރާނާއެކު ޑީލެއް ލިބުމަކީ ނާދިރުކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު