އީރާނު އޮތީ އެެމެރިކާއަށް ބޯގުދުކުރާގޮތަކަށް ނޫން، ރައްދު ހަމަލާ ދީފި.

މިލައުތުރު | 27 ޖޫން 2026 | ޚަބަރު

އީރާންގެ ސިރިކް ރަށް ކައިރީގައި ޤާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ދިން ހަމަލާގެ ބަދަލުގައި ބަޙްރޭނުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފިއެވެ.

ބަޙްރޭނުން ހާމަކުރިގޮތުގައި، މި ޙަމަލާއަކީ އެ ޤައުމުގެ އިސްތިޤްލާލަށް އަރައިގަތުމުގެ އިތުރުން، ސަރަޙައްދީ މަސްލަޙަތު ގެއްލި ނުތަނަވަސްކަން އިތުރުވެގެންދާނެ ނުރައްކާތެރި ޢަމަލެކެވެ. ޙަމަލާތަކުގެ ޒިންމާ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް ވަނީ އުފުލާފައެވެ. އީރާންގެ އަސްކަރީ އެންމެ މަތީ ފިޔައިން ބުނީ މި ޙަމަލާތަކުގެ އަމާޒަކީ ބަޙްރޭނުގައި ހުންނަ އެމެރިކާގެފިފްތު ފްލީޓްގެ މައި މަރުކަޒެވެ.

Advertisement

މިއީ ސިރިކް ރަށާ ކައިރީގައި ހުރި އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ދިން ޣައިރުޤާނޫނީ ޙަމަލާތަކުގެ ބަދަލުހިފުމެކެވެ. އެމެރިކާގެ ބޮންއަޅާބޯޓުތަކުން އެ ސަރަޙައްދުގައި ހުރި ޑްރޯން ގުދަންތަކަށާއި އަސްކަރީ އުމްރާނީ ވަސީލަތްތަކަށް ގެއްލުންދީގައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އީރާނުން ބުނާގޮތުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަކީ އިތުބާރުކުރަން ހެޔޮވާވަރުގެ އިންސާނެއް ނޫނެވެ. އެއީ އިސްލާމުންގެ ލޭބޯން ފެންބޮވައިގެންފައި ހުރި އިފުރީތައެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.