މާލެއިން ފުރައިގެން ރީތި ބީޗް ރިސޯޓަށް ދަތުރުކުރި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި އޭގައި ތިބި ހަތް މީހުންގެ ތެރެއިން އެކަކު މަރުވެ، އިތުރު މީހަކު ގެއްލިއްޖެ އެވެ.
ފުލުހުން ބުނީ “އަލްމާކް ފިޔަ” ނަމަކަށް ކިޔާ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި މަރުވީ ގއ. ދާންދޫ ސަރުސޫނުގެ، އަހުމަދު ޝިފާން (38) ކަމަށެވެ. އޭނާގެ ހަށިގަނޑު ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށެވެ.
އުޅަނދު ބަންޑުން ޖަހާލިއިރު ތިބި 7 މީހުންގެ ތެރެއިން، ޝިފާން ހިމެނޭ ގޮތުން ތިން މީހަކު ގެއްލުނެވެ. ޝިފާންގެ ހަށިގަނޑު ފެނުނުއިރު ގެއްލުނު އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާ ފުލުހުން ގުޅިގެން ކުރިއަށް ގެންދަނީ އެވެ.
ފުލުހުން ބުނިގޮތުގައި ގެއްލިގެން ހޯދަމުންދަނީ ސްރީލަންކާގެ މީހަކާއި އިންޑިއާގެ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު