ދިވެހީންގެ ރާއްޖޭގައި ބޮޑުވެފައި އެންމެ އަވަހަށް ކުޑަވި އެއްޗަކީ އެކަނިވެރިމައިންގެ އެލަވަންސް

މިލައުތުރު | 27 ޑިސެމްބަރ 2025 | ރިޕޯޓު

ދިވެހީންގެ ރާއްޖޭގެ ސަރުކާރުން ބޮޑު ކުރުމަށް ފަހު އެންމެ އަވަހަށް ކުޑަކުރި އެއްޗަކަށް އެކަނިވެރިމައިންނަށް ދޭ އެލަވަންސް ވެއްޖެ އެވެ.

އެކަނިވެރިމައިންނަށް ދެމުން އަންނަ އެލަވަންސް 15،000 ރުފިޔާއަށް ބޮޑުކޮށް އެކަން ސެލެބްރޭޓް ކުރުމަށް ފަހު ޖެހިގެން އައި ދުވަހު 12،000 ރުފިޔާއަށް ކުޑަކޮށްފި އެވެ. އެހެންކަމުން މިއީ މި ސަރުކާރުން އެެއްޗެއް ބޮޑު ކުރުމަށް ފަހު، އެންމެ އަވަހަށް ކުޑަކުރި ފަހަރުވެސް މެއެވެ.

ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެ ސޯޝަލް މީޑިޔާގައި މިކަންވަނީ ބޮޑު ޖޯކަކަށް ވެފައެވެ. ބައެއް މީހުން ބުނާގޮތުގައި ސަރުކާރުގައި ހަރުދަނާ ރޭވުންތެރިކަމެއް ނެތެވެ. ދެމެހެއްޓެވި ގޮތެއްގައި ކަމެއް ކުރިއަށް ގެންދާން ހެޔޮވަރުގެ ރޭވުންތަކެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.