ބޭސް ނުލިބޭ ކަމަށް ރައްޔިތުން ބުނާއިރު ސަރުކާރުން ބުނަނީ އެހެން ނުވާނެ ކަމަށް

ޝާން މުޙައްމަދު | 5 ޖެނުއަރީ 2026 | ޚަބަރު

ބޭސް ފިހާރަތަކުން ރައްޔިތުން ބޭނުންވާ ބޭސް ނުލިބޭ ކަމަށް ބުނާއިރު ސަރުކާރުން އެކަން ދޮގުކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވީ ބޭސް ނު
ލިބުމުގެ މައްސަލައަށް ބޮޑުތަނުން ހައްލު ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި ބޭސް ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

Advertisement

ވަޒީރު ވިދާޅުވީ ބޭސް ނުލިބުމުގެ މައްސަލަ ހައްލު ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ލުއިތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން މިހާރު އެސްޓީއޯ އިން އެކަނިވެސް
800 އާއި 900 އާ ދެމެދުގެ އަދަދަކަށް ބޭސް އެތެރެކުރަމުންދާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ އެއްވެސް މީހަކު ޝަކުވާނުކޮށް އުޅެވޭނެ މިންވަރަށް 100 އިންސައްތައަށް މި މައްސަލައަށް ހައްލު ކުރަން ކަމަށެވެ. ސަރުކާރުން މިހެން ބުނި ނަމަވެސް އަދިވެސް ގިނަ ބޭސްފިހާރަތަކުން އެންމެ އާދައިގެ ބޭސްތައްވެސް ނުލިބި ދާކަން ގިނަ ފަރާތްތަކުން ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.