ވަގު ސެޓުފިކެޓެއް ގެންގުޅޭ ކަމަށް ތުހުމަތުކުރެވޭ މިއާންޒް ކޮލެޖުގެ ސައިންސް ފެކަލްޓީގެ ޑީންގެ މަޤާމުގައި ހުރި ބިދޭސީއެއް ކަމަށްވާ ޕްރަޖޫލް މޯހަންދާސްގެ ދިފާއުގައި އެ ކޮލެޖުން ބަޔާނެއް ނެރެފިއެވެ.
މިއާންޒް ކޮލެޖުން ނެރެފައިވަނީ އެއްވެސް ތަފުސީލެއް ނެތް ވަރަށް ކުރު ނޫސްބަޔާނެކެވެ.
މިއާންޒް ކޮލެޖުގެ ބައެއް މުވައްޒަފުންގެ ތަޢުލީމީ ސަނަދުތަކާ ބެހޭ ގޮތުން މީސްމީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުންދާ ހަޤީޤަތާއި ޚިލާފު ވާހަކަތަކާއި ގުޅޭގޮތުން ދަންނަވަމެވެ. މިކޮލެޖުގައި ކިޔަވައިދެއްވާ އެންމެހައި މުވައްޒަފުންނަކީ އެކަށީގެންވާ ތަޢުލީމު ލިބިފައިވާ އަދި އެފަރާތްތަކުގެ ތައުލީމީ ސަނަދުތައް ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ސައްޚަކަން ކަށަވަރުކޮށްފައިވާ ފަރާތްތަކެކެވެ. އެހެންކަމުން ކޮލެޖުގެ އަގުވެއްޓޭގޮތަށް ދަރިވަރުންނާއި އާންމުންގެ ހިތުގައި ނަފުރަތު އުފެދޭގޮތަށް ފަތުރަމުންދާ ޙަޤީޤަތާ ޚިލާފު ވާހަކަތައް ކުއްވެރިކޮށް އެކަން ހުއްޓާލުމަށް ގޮވާލަމެވެ.
ކޮލެޖުގެ އިންޓަގްރިޓީ ޙިމާޔަތްކުރުމުގެ ބަދަލުގައި މެނޭޖްމަންޓުން އިސްކަންދެއްވީ ވަގު ސެޓުފިކެޓްތައް ހުށަހެޅުއްވި ކަމަށް ތުހުމަތުކޮށްފައިވާ ބިދޭސީ މުވައްޒަފު ޙިމާޔަތްކުރުމެވެ. ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ލިޔުންތަކާބެހޭ ގޮތުން ރައްޔިތުންނަށް އޮޅުން އަރާފައިވާ ވާހަކަތައް ސާފުކޮށްދީފައެއް ނުވެއެވެ. އޭގެ ތެރޭގައި ކޮލިފިކޭޝަން އޮތޯރިޓީން ރިޖެކްޓް ކޮށްފައިވާ ލިޔުމާއި، ފޯޖުކޮށްފައިވާ ސޮއި ކޮށްފައިވާ ލިޔުމާބެހޭ ގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކޮށްދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި މަސައްކަތް ކޮށްފައިވަނީ އެ ވާހަކަތައް ދައްކާ ފަރާތްތަކަށް އިންޒާރު ދިނުމަށެވެ.

އެމްކިއުއޭން ރިޖެކްޓް ކޮށްލާފައިވާ ކަމަށް ބުނާ ލިޔުމާ ސޮއި ފޯޖުކޮށްފައިކަމަށް ތުހުމަތުކުރާ ލިޔުން

އެ ބިދޭސީ މުވައްޒަފު ހެދިކަމަށް ބުނާ މާސްޓަރ ޑިގްރީ
ޕްރަޖޫލް މޯހަންދާސް އިންޑިއާގެ ޔުނިވަރސިޓީއަކުން މާސްޓަރ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަންސް ހޯދާފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. އޭގެ މާކުރިން ފެށިގެން އޭނާއަކީ މިއާންޒް ކޮލެޖުގައި ފުލްޓައިމްކޮށް ވަޒީފާ އަދާކުރަމުން ގެންދާ މުވައްޒަފެކެވެ. އެހެންކަމުން އޭނާ މާސްޓަރ ޑިގްރީ ހާސިލުކޮށްފައިވަނީ ރާއްޖޭގައި ހުރެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު