ރާއްޖޭގެ މީޑިޔާތަކުގެ ތެރެއިން ޖުމްލަ 39 މީޑިޔާއަކަށް ދައުލަތުން ފައިސާ ދޭން ނިންމައިފިއެވެ.
މި އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ނިންމީ އަމިއްލަ މީޑިއާތަކުގެ ތެރެއިން 39 މީޑިޔާ
އަކަށެވެ. މިގޮތަށް ނިންމައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނީ މާލީ އެހީތެރިކަމަށް ޝަރުތު ހަމަވި 41 މީޑިއާގެ ތެރެއިން އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއާއެއް ފާހަގަކުރެވިގެން އެ ފަރާތްތަކާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި މިކަން ހައްލުކޮށް ނިމެންދެން އެ ޕޭމެންޓް ހިފަހައްޓާފައި ބެހެއްޓުމަށް ޔޫތް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ 39 މީޑިއާއަށް ފައިސާ ދިނުމުގެ މަސައްކަތް ޔޫތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ކުރަމުން އަންނަ ކަަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތުގެ ބަޖެޓުން ވަކި އަދަދެއް ނޫސްތަކަށް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެ އެކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު