އެެމެރިކާއިން ވެނެޒުއެލާގެ ރައީސް މަދޫރޯގެ ދެކަނބަލުން ވަގަށް ނަގައިފި.

މިލައުތުރު | 3 ޖެނުއަރީ 2026 | ޚަބަރު

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ އަމުރަށް އެމެރިކާ ސިފައިން ހަތިޔާރާއެކު ވެނެޒުއެލާއަށް އަރާ ޙަމަލާދިނުމަށް ފަހު ރައީސް ނޮކޮލަސް މަދޫރޯ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަގަށް ނަގައިގެން އެމެރިކާއަށް ގެންގޮސްފި އެވެ.

Advertisement

ދުނިޔޭގެ އެއްވެސް ޤާނޫނަކަށް ބެލުމެއްނެތި އެމެރިކާއިން ހިންގީ ބޮޑު އުދުވާނެއް ކަމަށް ދުނިޔޭގެ ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ. އަދި އެމެރިކާއަކީ ޓެރަރިޒަމާ ދެކޮޅަށް ވަކާލާތު ކުރެވޭނެ ބައެއް ނޫންކަމަށާއި، ރައީސް ޓްރަމްޕަކީ ހަނގުރާމައިގެ ކުއްތަކަށް އަރައިގެންފައިވާ ބޮޑު ކުއްވެރިއެެއް ކަމަށް ވެސް މީހުން ސިފަކުރެއެވެ.

އެމެރިކާ ނުރުހިއްޖެ ޤައުމަކަށް އަރައިގަނެ ވެރިކަން ބަދަލުކޮށް، ޤުދުރަތީ މުއްސަނދިކަން ލޫޓުވާ ހަދައެވެ. ވެނެޒުއެލާއަށް އަރައިގަތީ ވެސް އެ ޤައުމުގައި އޮތް ތެލުގެ ޚަޒާނާ ލޫޓުވާލުމަށް ކަމަށް މީހުން ގެންދަނީ ތުހުމަތު ކުރަމުންނެވެ. އަދި އެއްވެސް ޤައުމަކަށް އެހެން އަރައިގަތުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއް ކަމަށެވެ.

އެމެރިކާއަކީ ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކުގެ ވާހަކަ ދެއްކޭ ވަރަށް ވުރެ ދަށު ދަރަޖައިގެ ބައެކެވެ. ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ޓެރަރިސްޓް ދައުލަތެވެ. އެއްވެސް ލަދެއް ހަޔާތެއްނެތި ދުނިޔޭގައި އުޅޭ ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.