2025 ވަަނަ އަހަރު އެންމެ ގިނައިން ދެކެވުނު އެއް ވާހަކައަކީ ރައީސް އިތުރުފުުޅު ހައްދަވާ ވާހަކަ.

މިލައުތުރު | 1 ޖެނުއަރީ 2026 | ރިޕޯޓު

ނިމިދިޔަ 2025 ވަނަ އަހަރު އެންމެ ގިނަ ބަޔަކު އެންމެ ގިނައިން ދެއްކި އެއް ވާހަކައަކީ ރައީސް އާދަޔާ ޚިލާފަށް ގިނައިން އިތުރުފުޅު ހައްދަވާ ވާހަކައެވެ.

ބައެއް މީހުން ސިފަކުރައްވާ ގޮތުގައި މިހާރު ރައީސް އަކީ އިތުރުފުޅު ހެއްދެވުމުގައި މިހާތަނަށް ރާއްޖެ ދެކެފައިނުވާ ވަރުގެ ކުޅަދާނަ ބޭފުޅެކެވެ. އަދި ވަނަމަކަށް ބައެއް މީހުން އެމަނިކުފާނަށް ކައްޒާބުގެ ނަމުން ނަންދީފައި ވެއެވެ.

އަނެއް ބަޔަކު ޤަބޫލުކުރާ ގޮތުގައި ވޭތުވެދިޔަ އަހަރަކީ އެއްވެސް ކަމެއް ހާސިލްނުވެ ހޮޅި ވާހަކަތަކެއް އަޑުއިވިގެންދިޔަ އަދި ޙަޔާތުން ބޭކާރުވެެގެންދިޔަ އަހަރެކެވެ. އަދި އެއްވެސް އުންމީދެއްނެތް، ކާމިޔާބެއް، އުފާވެރިކަމެއްނެތް، މާޔޫސީ އަހަރެކެވެ.

މި ފެށުނު މީލާދީ އައު އަހަރަކީ ދިވެހީންނަށް ފާގަތި އަހަރަކަށް ހެދޭތޯ އެންމެން ވެސް ބުރަ މަސައްކަތްތަކެއް މިވަނީ ކުރާން ޖެހިފައެވެ. އެހެން ނޫނީ ނުހަނު ހިތްދަތި ދުވަސްތަކަކާ ބައްދަލުކުރާން ޖެހިދާނެތެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.