އާސަަންދަ ހަރުދަނާކޮށް، ދައުލަތުގެ ބޭސް ކުންފުނި އުފައްދަވައި، ޅެމުން ފަރުވާ ދޭން ފެށުމާއެކު ބޭސް ލިބުން ފަސޭހަވާނެ – ހެލްތު

މިލައުތުރު | 30 ޑިސެމްބަރ 2025 | ރިޕޯޓު

ބޭސްފިހާރަތަކުން ބޭސް ލިބުން ދަތިވެފައިވާ މައްސަލައަށް ލުއި ލިބޭނެ ގޮތަށް ގިނަ ކަންތައްތަކެއް އިންތިޒާމުވަމުން އަންނަ ތަން ފެނިވަޑައިގަންނަވާ ކަމަށް ސިއްހަތާބެހޭ ވުޒާރާއިން ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް އާއްމުކޮށް ބޭނުންވާ ބޭސްތައް ލިބުން އުނދަގޫވެފައިވާ މައްސަލަ ހައްލު ކުރަން ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އައިސް ކޮންމެވެސް ވަރެއްގެ ލުޔެއް މިހާރު ލިބެން ފަށައިފިކަމަށެވެ.

އެގޮތުން އާސަންދަ ނިޒާމުގެ ތެރެއިން ބޭސް ދޫކުރުމުގެ ކަންކަން “އިސްލާހު” ކުރަން ފެށުމުން އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން ދަތިތަކެއް ކުރިމަތިވި އެވެ. އެކަން ހައްލު ކުރަން އެސްޓީއޯ މެދުވެރިކޮށް ގެންނަ ބޭހުގެ އަދަދު މިހާރު އިތުރު ކުރުމުން ކުރިއަށް ވުރެ ބޮޑަށް ލުޔެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ދައުލަތުގެ ބޭސް ކުންފުނި އުފެއްދުމާއި ޅެމުން ފަރުވާ ދެވޭނެ ގޮތްތައް ހޯދިފައިވާތީ ނަފުސާނީ ބަލިތަކަށް ދެން ބޭސް އެތެރެކުރަން ނުޖެހުމުން އަދި އިތުރު ލުއިތައް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.