2025 ވަނަ އަހަރުގެ އެންމެ ވަނދު ޝަހުސިއްޔަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މިލައުތުރު | 3 ޖެނުއަރީ 2026 | ރިޕޯޓު

ނިމިދިޔަ 2025 ވަނަ އަހަރު ދިވެހީން ދުށް އެންމެ ވަނދު ޝަހުސިއްޔަތަކީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ކިއުންތެރިންގެ ކޮމެންޓްތަކުން ދައްކައިފި އެވެ.

ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ރައީސް މުޢިއްޒުގެ ފަރާތްޕުޅުން އެއްވެސް ހަރުދަނާ ސިފައެއް ނުފެނެއެވެ. އަދި ފެންނަނީ ހަރަކާތް މަދު ވަރަށް ވަނދު ޝަހުސިއްޔަތެއްގެ ގޮތުގައެވެ. މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންނަކީ ވެސް ވަރަށް ހަރަކާތްތެރި ބޭބޭފުޅުންނެވެ. އެހެން ނަމަވެސް ރައީސް މުޢިއްޒު ފެންނަނީ ބަސްމަދު ހަރަކާތް ވެސް މަދު ވަރަށް ނެގިމަޑުވެފައި ހުންނަވާ ބޭފުޅެއްގެ ގޮތުގައެވެ.

ބައެއް މީހުން ސިފަކުރާ ގޮތުގައި ރައީސް މުޢިއްޒުގައި ދެއަތް ހޫރާލާނެހާ ވަރުވެސް ނެތްފަދަ އެވެ. އެއްވެސް އަސަރެއްނެތް އަދި ޖަޒްބާތެއްނެތް ޝަހުސިއްޔަތެއް ކަމަށެވެ. ބަޔަކު ކުނިހުތުރު ކިޔަސް، މަލާމާތްކުރިޔަސް، ޚުޝާމަދު ކުރިޔަސް ނިތްކުރިއަށް ތަފާތު ގޮތަކަށް ރުލެއް ވެސް އަރުވާލަން އެނގިވަޑައިނުގަންނަވާ ލީޑަރޝިޕް ހަމަ ސުމެއްގެ ބޭފުޅެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.