އިންޑިއާ އައުޓެއް ނޫން އިން: ސަރުކާރުން ހަނިމާދޫ އެއާޕޯޓް އިންޑިއާއަށް ދެނީ.

މިލައުތުރު | 1 ޖެނުއަރީ 2026 | ޚަބަރު
1

މި ސަރުކާރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމުގައި އިންޑިއާގެ ކުންފުނިތަކުގެ ބައިވެރިވުން ހޯދުމަށް އިންޑިއާގައި އެދިއްޖެ ކަމަށް ދަ ހިންދޫއިން ރިޕޯޓްކޮށްފިއެވެ.

މިކަމަކީ މީގެ ކުރިން އިންޑިއާއާ މެދު ގެންގުޅުނު ހަރުކަށި ސިޔާސަތުތަކާއި “އިންޑިއާ އައުޓް” ފަދަ ހަރަކާތްތަކުގެ ފަހަތުގައި ތިބި ފަރާތްތަކުގެ އިޚުލާސްތެރިކަމާމެދު ސުވާލު އުފެދޭނެ ކަމެއްކަން ޔަޤީނެވެ.

Advertisement

ދަ ހިންދޫ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި ހަފްތާގެ ކުރީކޮޅު، ސިވިލް އޭވިއޭޝަން މިނިސްޓްރީން، އޭ.އޭ.އައި.އަށް ސިޓީއެއް ފޮނުއްވިއެވެ. އެ ސިޓީ ފޮނުއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސް މުޙައްމަދު މުޢިއްޒުގެ ދަޢުވަތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ސިވިލް އޭވިއޭޝަން މިނިސްޓަރ ކޭ. ރާމް މޯހަން ނައިޑޫ އަށް ކަމަށް ވެއެވެ.

އެހެންކަމުން މިހާރު އިންޑިއާ އައުޓެއް ނޫނެވެ. ހަމަ ރަނގަޅަށް ވެސް އިން ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

D Deborgeri
Munaafiqun mihaaru fennaane kobaa India out ki balhuntha