ތޮއްޖެހިފައިވާ މާލޭގައި ބުޅަލުގެ އުނދަގޫ ބޮޑުވެ ސަރުކާރަށް މަސައްކަތެއް ނުކުރެވުމުން މާލެ ސިޓީ ކައުންސިލާ އޮޅު ހިޔާ ހަވާލުކުރަން އެދިއްޖެއެވެ.
އޮޅު ހިޔާގެ ނަމުގައި ހުޅުމާގައި ހަދާފައިވާ ބުޅާ ފެސިލިޓީ މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ވަނީ އެދިފައެވެ. ނަމަވެސް ސަރުކާރުން އެކަން ކޮށްދީފައި ނުވާއިރު އެތަނުން ކުރާ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ނުކުރެވޭ ކަމަށްވެސް ގިނަ ފަރާތްތަކުން ދެކެއެވެ.
ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުންދާ އޮޅު ހިޔާ ފެސިލިޓީ އަކީ މާލެ ސިޓީ ކައުންސިލުން ހަރަދުކޮށްގެން ހެދި ތަނެކެވެ. ނަމަވެސް އޮޅު ހިޔަލަށް ބުޅާތައް ނުގެންދެވި ދިގުލައިގެން ދާން ފެށުމުން އެތަން ކައުންސިލްގެ އަތުން ނަގައި މިނިސްޓްރީގެ ދަށަށް ބަދަލުކުރިއެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ގައި ސަރުކާރުން އެތަނާ ހަވާލުވެ އެތަނަށް ބުޅާތައް ގެންދަން ފެށިކަމަށް ބުނިއެވެ.

ކިޔުންތެރިންގެ ހިޔާލު