ނ. ވެލިދޫގައި ސީޕްލޭންގެ ޚިދުމަތް ފެށީތީ އުފާކުރަން، ރަސްމިއްޔާތަށް ދައުވަތެއް ނުލިބޭ – އައްބާސް

މިލައުތުރު | 23 ޖެނުއަރީ 2026 | ޚަބަރު
1

މޯލްޑިވިއަން އިން ނ. ވެލިދޫ ގައި މިއަދު ސީޕްލޭންގެ ހިދުމަތް ފަށައިފި އެވެ. މިއީ ރައީސް ޑރ. މުޢިއްޒުގެ ހުރިހާ ވާހަކަފުޅުތަކަކީ ހޮޅިވާހަކަފުޅުތަކެއް ނޫންކަން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި، އެއްވެސް ޙަފުލާއަކަށް ދައުވަތު ނުދެއްވިޔަސް ޚިދުމަތް ފެއްޓެވީތީ އުފާކުރައްވާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

Advertisement

ރަސްމިއްޔާތަށް ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރަށް ދަޢުވަތު ނުދެއްވާތީ ހިތްހަމަނުޖެހުން ފާޅުކުރެއްވި ނަމަވެސް ރައްޔިތުންގެ ތަރައްޤީއަށް ކުރެވޭ މިފަދަ ކޮންމެ ކަމަކަށް އައްބާސްގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވާ ބަސްފުޅު އަނެއްކާ ވެސް ތަކުރާރު ކުރައްވައިފި އެވެ.

މިފަދަ އެއްވެސް ރަސްމިއްޔާތަކަށް ސަރުކާރުން ދައުވަތު ނުދެއްވާތީ ރަސްމިއްޔާތުގައި ބައިވެރި ނުވެވުނަސް ވެލިދޫ އަދި ދާއިރާގެ ތަރައްޤީ އަށް ސަރުކާރުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިން ވިޔަސް ކުރެވޭ ކޮންމެ ކަމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު ހިއްސާއެއް އޮވެގެން ކުރެވިގެންދާ ކަމެއްކަމަށް ވެލިދޫ އަދި ދާއިރާގެ ރައްޔިތުން ހެޔޮ ހިތުން ޤަބޫލު ކުރެއްވުން އެދިވަޑައިގަންނަވާ ކަމަށާއި، ސްޕްރީމް ކޯޓުގެ ފަޑިޔާރުންގެ ބިލު ފިޔަވާ ސަރުކާރުން ހުށައެޅި ހުރިހާ ބިލަކަށް ވޯޓުދެއްވާފައި ވާނެ ކަމަށާއި، ކުށަކީ ވެލިދޫ ، ފޮއްދޫ ، ޅޮހި ތަރައްޤީ އަށް ރައީސް ޑރ.މުއިއްޒު ވައުދުފުޅުވީ ތަރައްޤީގެ މަސްރޫޢުތައް ބާރު ސްޕީޑުގައި ނުހިގާ ވާހަކަތައް އަޑު ހަރުކޮށް މަޖިލިސް ތަޅުމާއި، މިނިސްޓްރީތަކުގައި ދެއްކެވުމާއި، އެހެނިހެން ގޮތްގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވާން މަސައްކަތް ކުރެއްވުން ކަމަށެވެ.

އަދި އެއްވެސް ކަމަކަށް ދައުވަތު ނުދެއްވިޔަސް ރައްޔިތުންގެ ހައްޤުގައި ބަސްވިދާޅުވުން ހުއްޓާނުލައްވާނެ ކަމަށާއި، ދާއިރާގެ 3 ރަށުގެ ތަރައްޤީގެ ކަންކަން ނުވަންޏާ ނުވާ ވާހަކަ ދައްކަވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ޅ ޅޮހީ އޯކިޑް ގްރޫޕް
އައްބާސް އަކީ މިހާރު މަޖިލިސްގައި ހުރި ހަމަ އެކަނި ޙަޤީޤީ ރައްޔިތުންގެ މަންދޫބުކަމަަށް އަަޅުގަނޑުމެން ރައްޔިތުން އުފަލުން ޤަބޫލުކުރަން. މަނިކުފާނު ތިޔަ ކުރައްވާ މަސައްކަތް ނުކުރައްވާނަމަ ދާއިރާގައި އެއްވެސް ކަމެއްް ނުކުރާނެ. މި ސަރުކާރަކީ ގިނައިން ހޮޅި ވައުދުވާ ސަރުކާރެއް. އަދި ރައީސް ޑރ. މުޢިއްޒަކީ އިންތިހާއަށް އިތުރުފުޅު ހައްދަވާ ބޭފުޅެއްކަން ޔަޤީން ވެއްޖެ. ދެން އިތުރު ބަހަނާތަކެއް ދެއްކިޔަސް އަޅުގަނޑުމެން އަޑުއަހާކަށް ނެތިން. އައްބާސް އަކީ އަޅުގަނޑުމެންގެ ލޯބިވާ މެންބަރު. ކުރިއަށް ވަޑައިގަންނަވާ އަދި ސާބިތުކަންމަތީ ހުންނަވާ.