އެގްރޯނެޓަކީ އެއްވެސް ކަމެއް ކުރެވޭ ބައެއް ނޫން – ލ. ފާމާރސް އެސޯސިއޭޝަން

މިލައުތުރު | 24 ޖެނުއަރީ 2026 | ޚަބަރު

ދައުލަތުގެ ދަނޑުވެރި ކުންފުނި ކަމުގައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަކީ އެއްވެސް ކަމެއްވާ ބަޔަކު އުޅޭ ތަނެއް ނޫން ކަމަށް ލާމު ފާމާރސް އެސޯސިއޭޝަނުން ބުނެފިއެވެ.

އެ އެސޯސިއޭޝަނުން އެހެން ބުނެފައި މިވަނީ އެގްރޯނެޓްގެ ފަރާތުން ހައްދުންމަތީ ފޮނަދޫ ކައުންސިލާ ބައްދަލުކޮށް އަނެއްކާ ވެސް ދަނޑުވެރިކަމާ ގުޅޭ ވާހަކަތަކެއް ދެއްކުމުންނެވެ. އެގްރޯނެޓްގެ ރަސްމީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓަކަށް ކުރި ކޮމެންޓުގައި ލާމު ފާމާރސް އެސޯސިއޭޝަނުން ބުނެފައިވަނީ އެއީ އެއްވެސް ކަމެއް ކުރެވޭ ބައެއް ނޫން ކަމަށާއި، ކުރިންވެސް އައިސް ހުސް ވާހަކަތަކެއް ދައްކާފައި ޚަބަރެއް ނުވިކަމަށާއި، އޭގެ ފަހުން 2 އަހަރު ކޮށްފައި އަނެއްކާ ވެސް ހުސް ދޮގު ވާހަކަތައް ދައްކަން ރަށަށް އައިސް ކައުންސިލާ ބައްދަލުކުރީ ކަމަށެވެ. މިފަހަރު ވެސް އައީ ހަމަ އެކަނި ފޮޓޯގަނޑެއް ނަގާފައި ދައްކާލުމުގެ މަޤުސަދުގައި ކަމަށެވެ.

Advertisement

އެއްވެސް ކަމެއް ކުރެވޭ ބައެއްނޫން. 02 އަހަރުފަހުން އަނެއްކާވެސް އެމްޑީ ހުސްދޮގުވާހަކަ ދެއްކުމަށް ރަށަށް އައިސް ކައުންސިލާ ބައްދަލުކުރަނީ ހަމައެކަނި ފޮޓޯ އަކަށް – ލާމު ފާމާރސް އެސޯސިއޭޝަން

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.