ޒީޓައިމްސްއަށް 5 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހޮޓެލް ޖެންގައި ޚާއްސަ ޙަފުލާއެއް ބާއްވައިފި އެވެ. މި ޙަފުލާ ބާއްވާފައިވަނީ ހޮޓެލް ޖެންގެ ޖަލްސާކުރާ މާލަމުގައި ރޭގައެވެ.
މި ޙަފުލާގައި ޒީޓައިމްސްގެ މުވައްޒަފުންނާއި، ލިޔުންތެރިންނާއި، ސްޕޮންސަރުންގެ އިތުރުން ހެޔޮ އެދޭ ފަރާތްތަކެއް ބައިވެރިވެފައި ވެއެވެ. މި ޙަފުލާގައި ޒީޓައިމްސްއަށް އެހީތެރިވެދެއްވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ ފަރާތްތަކަށް ހަނދާނީ ފިލާ އަރުވާފައި ވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި، މަޝްހޫރު ޑޮކްޓަރުންނާއި، މަޤުބޫލު މީޑިއާ ޕާރސަނަލިޓީތައް ހިމެނެއެވެ. އެ ފަރާތްތަކަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ޒީޓައިމްސްގެ ބާނީ އަދި އެޑިޓަރ ޒީނާ ޒާހިރެވެ.
މިއީ އިޖްތިމާޢީ ނޫސްވެރިކަމުގެ ދާއިރަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގައި ނެރޭ ހަމަ އެކަނި މެގެޒިންއެވެ. މި މެެގެޒިން މެދުވެރިކޮށް ވަރަށް ގިނަޔަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އެގޮތުން ތަފާތު އެކި އެކި ބޮޑެތި ބަލިތައް ތަޙައްމަލް ކުރަންޖެހިފައިވާ ފަރާތްތަކުގެ ބޭސްފަރުވާއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ޒީޓައިމްސް އިން ކުރަމުން ގެންދާ މަސައްކަތް ފާހަގަ ކުރެވެއެވެ. އަދި ޒީޓައިމްސް އިން މިހާތަނަށް އެފަދަ ކާމިޔާބު އެތަކެއް ކެމްޕެއިންތަކެއް ހިންގާފައި ވެއެވެ.
ޒީޓައިމްސްގެ 5 އަހަރީ ދުވަހާއި، ޒީނާ ޒާހިރުގެ އުފަންދުވަހަކީ ވެސް އެއް ދުވަހެއް ކަމަށްވާތީ، އަހަރީ ޙަފުލާ ކުރިއަށް ގެންގޮސްފައިވަނީ އުފަންދުވަސް ފާހަގަކުރުމާ ވެސް އެކުގައެވެ.
ވަރަށް ބޮޑަށް މަރުޙަބާ، ޒީޓައިމްސް!

ކިޔުންތެރިންގެ ހިޔާލު