މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އަށް ލޭ ލިބުން ދަތިވެ، އާއްމުންގެ އެހީއަށް އެ ސާވިސް އިން އެދިއްޖެ އެވެ.
މިކަމާ ގުޅިގެން އެމްބީއެސް އިން ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާއަށް ލޭ ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ލޭ ދިނުމުގެ ފުރުސަތު އޮންނާނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކަމަށް އެ ސާވިސް އިން ވަނީ ބުނެފައެވެ.
ލޭ ދޭން އަންނަ މީހާއަކީ ބަރުދަނުގައި 45 ކިލޯއަށްވުރެ މަތީ މީހަކަަށް ވާން ޖެހޭއިރު، ލޭ ދޭން އައުމުގެ ކުރިން ހަ ގަޑިއިރުގެ ނިދި ހަމަކޮށް، އެއް ގަޑިއިރު ކުރިން ރަނގަޅަށް ކާންވެސް އިރުޝާދު ދީފައިވެ އެވެ.
އެމްބީއެސް އިން ބޭނުން ވަނީ އޭ+، އޯ+، ބީ+، އޭބީ+، ބީ-، އޯ- ލޭ ކަމަށް އެ ޕޯސްޓްގައި ވަނީ ބުނެފަ އެވެ.
ކޮންމެ ހަފްތާއެއްގެ ވެސް އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ހަމައަށް ލޭ ހަދިޔާ ކުރެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު