މާލީ ނިޒާމުގެ ތެރެއިން ހިންގަން އުޅޭ ނުރައްކާތެރި މުއާމަލާތަކަށް ނޫނެކޭ ބުނުމުގެ ގޮތުން ޑރ. އިނާޒް އިސްތިއުފާ ދެއްވައިފި.

މިލައުތުރު | 1 ފެބްރުއަރީ 2026 | ޚަބަރު

މާލީ ނިޒާމުގެ ތެރޭގައި ސަރުކާރުން ހިންގަން އުޅޭ ގެއްލުން ބޮޑު ފައިސާގެ މުއާމަލާތަކާ މެދު ހިތްހަމަނުޖެހިގެން ޕެންޝަން އޮފީހުގެ ޗެއާޕާސަން ޑރ. އިނާޒް އިސްތިއުފާ ދެއްވައިފިއެވެ.

ޑރ. އިނާޒް ވިދާޅުވީ އެމްއެމްއޭ މެދުވެރިކޮށް އެ ފައިސާ ހޯދުމަކީ ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތް ގޮތުން ގެއްލުން ބޮޑު ނުރައްކާތެރި ނިންމުއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެއީ ގެއްލުން ބޮޑު މުއާމަލާތެއް ކަމަށް “ޓެކްނިކަލީ” ގަބޫލުކުރެއްވޭތީ މަޤާމުން އިސްތިއުފާ ދިނުމަކީ ރަނގަޅު ގޮތްކަމަށެވެ.  އަދި ދުއާއަކީ ދައުލަތުގެ މާލީ ކަންކަން މިއަދަށް ވުރެ ހަރުދަނާވެ ދުރު ވިސްނުމުގެ ސިޔާސަތުތަކަކުން އިސްލާހުވުން ކަމަށް އިސްތިއުފާ ދެއްވިކަން އިއުލާން ކޮށް ހިއްސާކުރި ޕޯސްޓުގައި ލިޔުއްވާފައި ވެއެވެ.

ދަރަނީގެ އަނދަވަޅުން ދިވެހިރާއްޖޭގެ އިގްތިސާދު އަރައިގަނެ، ރާއްޖެ ދެމެހެއްޓެނިވި އުފެއްދުންތެރި ތަރައްގީގެ މަގަކަށް ރުޖޫއަވުމެވެ. ޑރ. އިނާޒުގެ ޕޯސްޓުގައި ލިޔުއްވާފައި ވެއެވެ.

އެެހެން ނަމަވެސް، ބޮންޑްގެ މައްސަލައިގައި މީގެ ކުރިން އޭނާ ވިދާޅުވެފައި ވަނީ އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، ޕެންޝަން ފަންޑުން އެ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓް ކުރުމުގެ މުއާމަލާތަކީ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.