އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ޣައްޒާ ބޯޑް އޮފް ޕީސް އަށް ސައުދީން 1 ބިލިޔަން ޑޮލަރު ދެނީ.

މިލައުތުރު | 20 ފެބްރުއަރީ 2026 | ޚަބަރު

ޣައްޒާ ބޯޑް އޮފް ޕީސްގެ ބައެއް މެންބަރުން 

ފަލަސްޠީނުގެ ޣައްޒާ އާރާސްތުކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު އެކުލަވާނި ބޯޑް އޮފް ޕީސް އަށް ސައުދީ އަރަބިއާ އިން އެއް ބިލިޔަން ޑޮލަރު ދޭން ނިންމައިފި އެވެ.

ސައުދީގެ ޚާރިޖިއްޔާއިން ހާމަކުރެއްވި ގޮތުގައި އެއީ ސައުދީ ވަލީއަހުދުގެ ދުރުވިސްނުމާއެކު ސަރަޙައްދުގައި ސުލްޙަ ޤާއިމުކުރެއްވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުގެ ރަމްޒެއް ކަމަށެވެ. އަދި އެކަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ކުރައްވަމުން ގެންދަވާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވަނީ އަރުވާފައެވެ.

ޣައްޒާގެ ކަންކަން ބެހެލެއްޓުމަށާއި، ޣައްޒާ އަލުން އާރާސްތުކުރުމުގެ މަޤުޞަދުގައި އެމެރިކާއިން އިސްނަގައިގެން އެކުލަވާލި ބޯޑް އޮފް ޕީސް މިހާރު ވަނީ ރަސްމީކޮށް އިފްތިތާޙް ކޮށްފައެވެ. ޣައްޒާގައި ސުލްޙަ ބަލަހައްޓާނެ ފައުޖުތައް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ގެންދެއެވެ.

މިހުރިހާ ކަމެއް ހިނގަމުންދާ އިރު، އަނެއްކޮޅުން އިޒްރޭލުން ދެމުން ގެންދާ ޙަމާލާތަކުގައި އެތައް ބަޔަކު ޝަހީދުވަމުން ދާކަމުގެ ރިޕޯޓްތައް ހުއްޓުމެއްނެތި ހަމަ ކޮންމެ ދުވަހަކުވެސް ދަނީ ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.